ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިނުވުމަށް ބުނެ، އީރާނުން ގައުމުތަކަށް އިންޒާރު ދީފިއެވެ.
ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމާއީލް ބަޣާއީ ވަނީ އީރާނުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްގެން އެމެރިކާއިން ދޭ އިންޒާރުތަކަކީ "ހަނގުރާމައިގެ ޖަރީމާތަކެއް" ކަމަށް ބުނެ، އެ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާއަށް އެހީތެރިވާ ކޮންމެ ގައުމަކުން އެކަމުގެ ގާނޫނީ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެންނަށް ދޭ އިންޒާރުތަކާ ގުޅޭގޮތުން ޝައްކެއްވެސްނެތްގޮތުގައި މިފަދަ އިންޒާރުތައް ދިނުމުގެ އަމަލަކީ ހަނގުރާމައިގެ ޖަރީމާއެއް،" އިސްރާއީލަށް "މަދަނީ އަމާޒުތަކަށް ހަމަލާދިނުމަށް ފެހި ސިގްނަލް" ދިނުމުގެ އިތުރުން "ހަކަތައާއި ސިނާއީ އިންފްރާސްޓްރަކްޗާ" އަށް ހަމަލާދޭ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.
"އެއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޤާނޫނު އަސާސީއަށް ބަލާއިރު ހަނގުރާމައިގެ ޖަރީމާތަކުގެ މިސާލުތައް".
އީރާނުގެ އަސްކަރީ ދިފާޢީ ދާއިރާއާ އެކު އީރާނުގެ ޑިޕްލޮމެސީ ވެސް ކުރިއަށް ދާނެ ކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޑިފެންޑަރުން ހިތްވަރުގަދަކޮށް ފުރާނަ ގުރުބާން ކުރަމުންދާއިރު، ޑިޕްލޮމެޓިކް އެޕެރެޓަސް ވެސް އެ މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެންގެ އަސާސާއި މިންގަނޑަކީ ގައުމީ މަސްލަހަތާއި ގައުމީ ސަލާމަތާއި އީރާނުގެ ޝަރުއީ ޑިމާންޑްތައް،" ބަޣާއީ އިތުރަށް ވިދާޅުވިއެވެ.
“އެމެރިކާގެ ޖަރީމާތައް ހިންގުމުގައި އެމެރިކާއާއެކު ދޭ ކޮންމެ އެއްބާރުލުމަކަށް ޖަވާބުދާރީވާން ޖެހޭނީ ހަނގުރާމައިގެ ޖަރީމާއެއް އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި.”އެމެރިކާއާއި ބައި ނުވުމަށް ގައުމުތަކަށް އިންޒާރު ދެމުން އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިނުވުމަށް އީރާނުން ގައުމުތަކަށް އިންޒާރު ދީފި
ކޮމެންޓް