ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

 

މި މެސެޖު ފޮނުއްވާފައިވަނީ އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑޮކްޓަރ މުޙައްމަދު ޔޫނުސް އަށެވެ.

 

އެ ގައުމުގެ ސަރުކާރާއި ރައްޔިތުން ޝާމިލުވާގޮތަށް ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުޙްތަރަމް ގުޅުން ހަރުދަނާކޮށްދެނީ ސަރަހައްދީ ސުލްހަ މަސަލަސްކަން ދެމެހެއްޓުންކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ ގައުމުން ހިއްސާކުރާ ގަބޫލުކުރުންތައްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

އެމަނިކުފާނު ވަނީ ތަފާތު ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ގައުމަށް ވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަގީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.

 

ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ.

 

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް