ވިޔަފާރި

ކުޑަގިރި ދޫނިއާ ރެކް ހުޅުވައިފި

ކުޑަގިރި ދޫނިއާ ރެކް ހުޅުވައިފިއެވެ.

މިއީ އެއަރ މޯލްޑިވްސްގެ ދުވަސްވަރު ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު، ކުޑަގިރި ފަޅުތެރެއަށް ފައްތައިގެން ހެދި ތާރީހީ ޑައިވް ސައިޓެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވެފައިވަނީ މިސައިޓަކީ ފަތުރުވެރިންނާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝައުގުވެރި ތަނެއްގެ ގޮތުގައި އިތުރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް ވެސްކުރިއަށްގެންދާނެ ކަމަށެވެ.

މީގެއިތުރުން ކުޑަގިރި ފަޅުތެރޭގައި ތަރައްގީކޮށްފައިވާ މި ސަރަހައްދު ބަލަހައްޓާނީ އެޗްޑީސީންކަން ވަނީ ފާހަގަކުރައްވާފައެވެ.

މިސައިޓު ހުޅުވުމަށް ކުރިއަށްދިޔަ އިވެންޓުގައި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކޮމެންޓް